ދިވެހިބަހުގެ އެކެޑަމީން ދިވެސްއަކުރު ދަސްކޮށްދޭ ކޯސް މި މޭ މަހުގެ 10ވަނަ ދުވަހު ފަށައިފިއެވެ. މި ކޯހުގެ މައިގަނޑު މަގުސަދަކީ ދިވެހީންގެ އަމިއްލަވަންތަކަމާއި ކުރިއެރުން ތާރީޚުން ވެސް ހާމަކޮށްދޭ، ދިވެހިންގެ ދިވެސް އަކުރު އަންނަން އޮތް ޖީލުތަކަށް އުނގަންނައިދީ، ދިވެސް އަކުރުގެ ޢިލްމު އުވިގެންދިޔަނުދިނުމެވެ. އަދި ތާރީޚާ ބެހޭ ދިރާސާތައް ކުރާ ފަރާތްތަކަށް ދިވެސްއަކުރުގެ އަސްލު ލިޔުންތަކުން މަޢުލޫމާތު ހޯދުމުގެ ފުރުޞަތު ފަހިކޮށްދިނުމެވެ. މި ކޯސް ކުރިއަށްދާނީ މި މޭ މަހުގެ 10އިން ފެށިގެން 21ގެ ނިޔަލަށެވެ.
ދިވެސް އަކުރުގެ މި ކޯސް ކުރިއަށްދަނީ ދިވެހި ގައުމިއްޔަތުގެ އިސްވަރު މާލަމުގައެވެ. މިއީ 20 ގަޑިއިރުގެ ކޯހެކެވެ. ރޭގަނޑު 8:00އިން 10:00އަށް ކުރިއަށް ދާ މި ކޯހުގެ ކުލާސްތަކުގައި ކިޔަވައިދެއްވަނީ މީގެ ކުރިން ވެސް ދިވެހިބަހުގެ އެކެޑަމީން ކުރިއަށްގެންދިޔަ ދިވެސްއަކުރު ކޯހުގައި ކިޔަވައިދެއްވި އަލްޤާރީ އަޙްމަދު ރަޝީދު ޢަބްދުލްޤާދިރާއި އަލްފާޟިލާ ޚަދީޖާ ޙަސަން މަނިކެވެ.
1985ވަނަ އަހަރުން ފެށިގެން، އެކި އަހަރުތަކުގައި ދިވެސްއަކުރު ދަސްކޮށްދޭ ކުރިއަށްގެންގޮސްފައިވެއެވެ.





