ހއ. ބާރަށުގެ އިދާރާތަކުގެ މުވައްޒަފުންނަށް ކުރިއަށްގެންދިޔަ ދިވެހިބަހަށް އަހުލުވެރިކުރުމުގެ ތަމްރީން ޕުރޮގުރާމު ކާމިޔާބުކަމާ އެކު ނިންމައިލައިފިއެވެ.
ދައުލަތުގެ އިދާރާތަކުގެ މުވައްޒަފުން ދިވެހިބަހަށް އަހުލުވެރިކުރުމަށް ދިވެހިބަހުގެ އެކެޑަމީން ކުރިއަށްގެންދާ ދިވެހިބަސް ހެޔޮ ގޮތުގައި ބޭނުންކުރަން ދަސްކޮށްދޭ ތަމްރީން ޕުރޮގުރާމު މި ފަހަރު ކުރިއަށްގެންދިޔައީ ހއ. ބާރަށުގެ އިދާރާތާކުގެ މުވައްޒަފުންނަށެވެ. ބާރަށު ކައުންސިލާ ގުޅިގެން ކުރިއަށްގެންދިޔަ މި ކޯހުގައި ބާރަށުގެ އިދާރާތަކުން 27 މުވައްޒަފަކު ބައިވެރިވެފައިވެއެވެ.

މި ކޯސް ކުރިއަށްގެންދިޔައީ 2025 އޮކްޓޫބަރ 16އިން 18އަށް، ބާރަށުގައެވެ. އެ ގޮތުން، މި ފަހަރު ކުރިއަށްގެންދިޔައީ މީގެ ފުރަތަމަ ބުރެވެ. މިއިން ކޮންމެ ބުރެއްގައި ވެސް ކިޔަވައިދޭނީ 10ގަޑިއިރަށެވެ.
މި ކޯހުގައި މައިގަނޑު ގޮތެއްގައި ކިޔަވައިދީފައި ވަނީ ދިވެހިބަހުގެ ގަވާއިދާއި، ކުށެއް ނެތް ރީތި އިބާރާތުން ލިޔާނެ ގޮތާއި އޮފީސްތަކުގައި އާންމުކޮށް ލިޔާ ލިޔުންތައް އިބާރާތްކުރާނެ ގޮތާއި ދިވެހިބަހުން ރީތިކޮށް މުއާމަލާތުކުރާނެ ގޮތްތަކެވެ.
މި ކޯހުގައި ކިޔަވައިދެއްވީ މި އެކެޑަމީގެ ބަހާ ބެހޭ ބައިގެ ޑިރެކްޓަރ އަލްފާޟިލާ ޝަހުމާ ޢަލީއާއި ލިންގުއިސްޓިކް ރިސާރޗް އޮފިސަރ އަލްފާޟިލާ ޢާއިޝަތު ޒިދްނާއެވެ.






