Skip to content Skip to footer

މޯލްޑިވްސް ހެރިޓޭޖް ސޮސައިޓީގެ ފަރާތުން ދިވެހިބަހުގެ އެކެޑަމީއާ ބައްދަލުކުރައްވައިފި

މޯލްޑިވްސް ހެރިޓޭޖް ސޮސައިޓީގެ ރައީސް އަލްފާޟިލް ޠާހާ އަބޫބަކުރު، ދިވެހިބަހުގެ އެކެޑަމީގެ ރައީސް އަލްފާޟިލް ޙަސަން ޝާކިރު މުޙައްމަދާ ބައްދަލުކުރައްވައި އެ ސޮސައިޓީން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާ ބެހޭ ގޮތުން މައުލޫމާތު ހިއްސާކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުމުގައި އެ ސޮސައިޓީގެ ރައީސް ދެއްކެވިވާހަކަފުޅުގައި އެ ސޮސައިޓީގެ މަގުސަދުތަކާއި މިހާރު ކުރިޔަށް ގެންދަވާ ތަފާތު ހަރަކާތްތަކާއި ކުރިޔަށް ރޭވިފައިހުރި ބައެއް ކަންކަމުގެ މައުލޫމާތު ހިއްސާކުރެއްވިއެވެ. އަދި އެ ސޮސައިޓީގެ ހަރަކާތްތަކުގައި ދިވެހިބަހުގެ އެކެޑަމީއަށް ވެދެއްވިދާނެ އެހީތެރިކަމާ ބެހޭ ގޮތުންނާއި ދެ ފަރާތުން ގުޅިގެން ކުރިޔަށް ގެންދެވިދާނެ ބައެއް ކަންކަމާ ބެހޭ ގޮތުން ވާހަކަފުޅުދެއްކެވިއެވެ. ދިވެހިބަހުގެ އެކެޑަމީގެ ރައީސްގެ ވާހަކަފުޅުގައި އެ ސޮސައިޓީން ކުރައްވަމުންގެންދަވާ މަސައްކަތްތަކުގެ މުހިންމުކަން ފާހަގަކުރައްވައި، ދެ ފަރާތް ގުޅިގެން ކުރެއްވިދާ ބައެއް ކަންކަން ފާހަގަ ކުރެއްވިއެވެ. އަދި އެ ސޮސައިޓީގެ ބައެއް މަސައްކަތްތަކަކީ، އެކެޑަމީގެ މަސައްކަތްތަކާ ވެސް ގުޅުންހުރި މަސައްކަތްތަކަކަށް ވާތީ ދެ ފަރާތަށް އޭގެ މަންފާކުރެވިދާނެ ގޮތަކަށް ކުރިޔަށް ދެވިދާނެ ރޮނގުތަކަކީ ކޮބައިތޯ އިތުރަށް ބެލިދާނެކަން ފާހަގަކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި އެ ސޮސައިޓީގެ ޖެނެރަލް ސެކްރެޓަރީ އަޙްމަދު އަފްރަޙް ބައިވެރިވެވަޑައިގަތެވެ.