Skip to content Skip to footer

ދިވެހިބަހުގެ އެކެޑަމީ އާއި ސިއްޙީ ވުޒާރާގެ، ޕީޕަލް ޑިވަލޮޕްމަންޓް އެންޑް ޕަރފޯމަންސް މެނޭޖްމަންޓް ގުޅިގެން ކުރިއަށް ގެންދިޔަ ދިވެހިބަހުގެ ކޯސް ކާމިޔާބުކަމާ އެކު ނިންމައިލައިފި

ދައުލަތުގެ އިދާރާތަކުގެ މުވައްޒަފުން ދިވެހިބަހަށް އަހުލުވެރިކުރުމަށް ދިވެހިބަހުގެ އެކެޑަމީން ކުރިއަށްގެންދާ ދިވެހިބަސް ހެޔޮ ގޮތުގައި ބޭނުންކުރަން ދަސްކޮށްދޭ ކޯސް މި ފަހަރު ކުރިއަށްގެންދިޔައީ ސިއްޙީ ވުޒާރާގެ، ޕީޕަލް ޑިވަލޮޕްމަންޓް އެންޑް ޕަރފޯމަންސް މެނޭޖްމަންޓް ސެކްޝަން އެދުމުގެ މަތިންނެވެ.

މި ކޯސް ކުރިއަށްގެންދިޔައީ 2025 ސެޕްޓެންބަރު 13އިން 17އަށް މިނިސްޓްރީ އޮފް ހެލްތުގައެވެ. މުވައްޒަފުންނަށް ޚާއްސަކޮށްގެން މި ކޯސް ކުރިއަށްގެންދެވީ 10ގަޑިއިރަށެވެ.

މި ކޯހުގައި މައިގަނޑު ގޮތެއްގައި ކިޔަވައިދީފައި ވަނީ ދިވެހިބަހުގެ ގަވާއިދާއި ކުށެއް ނެތް ރީތި އިބާރާތުން ލިޔާނެ ގޮތާއި އޮފީސްތަކުގައި އާންމުކޮށް ލިޔާ ލިޔުންތައް އިބާރާތް ކުރާނެ ގޮތާއި ދިވެހިބަހުން ރީތިކޮށް މުއާމަލާތުކުރާނެ ގޮތްތަކެވެ.

މި ކޯހުގައި ކިޔަވައިދެއްވީ މި އެކެޑަމީގެ ބަހުގެ ބައިގެ ޑިރެކްޓަރ އަލްފާޟިލާ ޝަހުމާ ޢަލީއާއި ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ދާރިސް އަލްފާޟިލް ޢަބްދުﷲ ޖަމީލާއި ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ދާރިސް އަލްފާޟިލާ ޝިއުނާ އަޙްމަދެވެ.