Skip to content Skip to footer

އިސްވެރިންގެ މަސްޢޫލިއްޔަތު

އަލްފާޟިލް ޙަސަން ޝާކިރު މުޙައްމަދު

އަލްފާޟިލް ޙަސަން ޝާކިރު މުޙައްމަދު

ރައީސް

އެކެޑަމީގެ މަސްއޫލިއްޔަތު އަދާކުރުމަށް މަގުފަހިކޮށްދީ، އެ މަސްއޫލިއްޔަތުތައް އަދާކުރެވެމުންދޭތޯ ކަށަވަރުކުރުން۔

އެކެޑަމީގެ ޖަލްސާތައް ބޭއްވުމާއި ރިޔާސަތު ބެލެހެއްޓުން۔

އަދަބީ ޖަމްޢިއްޔާތަކާ ގުޅުން ބަދަހިކުރުމަށް މަސައްކަތްކުރުން۔

ފަންނީ ކޮމިޓީގެ މަސައްކަތްތައް ވިލަރެސްކޮށް ހިނގާ ނުހިނގާގޮތް ބެލުން۔

އެކެޑަމީގެ މަސައްކަތްތަކާ ގުޅިގެން ކަމާބެހޭ ވަޒީރަށް ޖަވާބުދާރީވުން۔

މި ޤާނޫނު ތަންފީޛުކުރެވެމުންދޭތޯ ބަލައި، އެކަން ކަށަވަރުކުރުން۔

އަލްފާޟިލާ ޒުލްފާ އިބްރާހީމް

އަލްފާޟިލާ ޒުލްފާ އިބްރާހީމް

ނާއިބު ރައީސް

ރައީސްގެ ލަފާގެ މަތީން، އެކެޑަމީގެ އިދާރީ ހުރިހާ ކަމެއް ވިލަރެސްކުރުން۔

ރައީސް ނެތް ޙާލަތެއްގައި ނުވަތަ މަސައްކަތަށް ޢުޛުރުވެރިވެއްޖެ ޙާލަތެއްގައި އޭނާގެ މަސްއޫލިއްޔަތު އަދާކުރުން۔

މީގެ އިތުރުން، މި ޤާނޫނުގެ ދަށުން އެކެޑަމީގެ މަޤްޞަދު ޙާޞިލުކުރުމަށް ކުރަންޖެހޭ ކޮންމެ މަސައްކަތެއް ކުރުން۔