Skip to content Skip to footer

ސަމާސާ އަދަބުގެ ޅެންހެދުމުގެ މުބާރާތް

މި އަހަރުގެ ޅެންވެރީންގެ ދުވަހާ ގުޅުވައިގެން ދިވެހިބަހުގެ އެކެޑަމީން ސަމާސާ އަދަބުގެ ޅެންހެދުމުގެ މުބާރާތެއް ބާއްވަން ވަނީ ނިންމައިފައެވެ. ވީމާ، މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 2026 ފެބުރުވަރީ 1ވަނަ ދުވަހުގެ 13:00ގެ ކުރިން މި އެކެޑަމީއަށް ޅެން ފޮނުވުން އެދެމެވެ. ވާރޑް ފައިލާއި ޕީ.ޑީ.އެފް. އީމޭލުކުރާ ނަމަ info@dba.gov.mv މި އެޑްރެހަށް އީމޭލުކުރުން އެދެމެވެ. އަދި، ދިވެހިބަހުގެ އެކެޑަމީގެ ކައުންޓަރުން ވެސް ޅެންތައް ބަލައިގަންނާނެ ވާހަކަ ދެންނެވީމެވެ. ޅެން ހުށައަޅާ އިރު ޅެން ހުށައަޅާ ފަރާތުގެ ފުރިހަމަ ނަމާއި ގުޅޭނެ ނަންބަރު ޖަހަންވާނެއެވެ. އަދި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ޅެމާ އެކު ހުށައަޅަންވާނެއެވެ.

މި މުބާރާތުގެ ގަވާއިދު މި އިޢުލާނާ އެކު ހީރަސްކުރީމެވެ. އިތުރު މަޢުލޫމާތު ހޯދުމަށް މި އެކެޑަމީގެ ނަންބަރު 7772816އަށް ގުޅުން އެދެމެވެ. 

11 ޖަނަވަރީ 2026