Skip to content Skip to footer

ދިވެހިބަހުގެ އެކެޑަމީއާއި މިލަދުންމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ ގުޅިގެން ކުރިއަށްގެންދިޔަ ދިވެހިބަހަށް އަހުލުވެރިކުރުމާއި ވާހަކަދެއްކުމުގެ ހުނަރު ދަސްކޮށްދޭ ކޯސް ކާމިޔާބު ކަމާ އެކު ނިންމައިލައިފި 

ދައުލަތުގެ އިދާރާތަކުގެ މުވައްޒަފުން ދިވެހިބަހަށް އަހުލުވެރިކުރުމަށް ދިވެހިބަހުގެ އެކެޑަމީން ކުރިއަށްގެންދިޔަ ދިވެހިބަހަށް އަހުލުވެރިކުރުމާއި ވާހަކަދެއްކުމުގެ ހުނަރު ދަސްކޮށްދޭ ކޯސް މި ފަހަރު ކުރިއަށްގެންދިޔައީ ނ. އަތޮޅު ކައުންސިލްގެ އެދުމުގެ މަތީންނެވެ.  

 މި ކޯހުގައި ނ. އަތޮޅު ކައުންސިލްގެ މުވައްޒަފުންނާއި، ނ. މަނަދޫ ކައުންސިލްގެ މުވައްޒަފުންނާއި، ނ. ފެމިލީ އެންޑް ޗިލްޑަރަން ސަރވިސް ސެންޓަރުގެ މުވައްޒަފުންނާއި، ނ. އަތޮޅު ކައުންސިލްގެ މުވައްޒަފުންނާއި، ނ. އަތޮޅު މަދަރުސާގެ މުވައްޒަފުންނާއި، ރޯޑް ޑިވެލޮޕްމަންޓު ކޯޕަރޭޝަން(މަނަދޫ)، ލޭބަރ ރިލޭޝަންސް އޮތޯރިޓީ (ނ. އަތޮޅު ގޮފި)، ފެނަކަ ކޯޕަރޭޝަން (މަނަދޫ)ގެ މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.  

މި ކޯސް ކުރިއަށްގެންގޮސްފައި ވަނީ މެއި މަހުގެ  29ވަނަ ދުވަހުން ފެށިގެން 31ވަނަ ދުވަހުގެ ނިޔަލަށް  ނ. މަނަދޫގައެވެ.  މުވައްޒަފުންނަށް ހާއްސަކޮށްގެން 10 ގަޑިއިރަށް ކުރިއަށް ގެންދިޔަ މި ކޯހުގައި 39 ފަރާތަކުން ބައިވެރިވެ ޖުމްލަ 33 ބައިވެރިން ވަނީ ސަނަދު ހާސިލުކޮށްފައެވެ.

މި ކޯހުގައި މައިގަނޑު ގޮތެއްގައި ކިޔަވައިދީފައި ވަނީ ދިވެހިބަހުގެ ގަވާއިދާއި އޮފީސްތަކުގައި އާއްމުކޮށް ލިޔާލިޔުންތައް އިބާރާތްކުރާނެ ގޮތާއި ދިވެހިބަހުން ރީތިކޮށް މުއާމަލާތްކުރާނެ ގޮތްތަކާއި، ވާހަކަދެއްކުމުގެ ހުނަރާ ގުޅޭ ގޮތުންނެވެ.

 ދިވެހިބަހުގެ އެކެޑަމީން މި ފަދަ ކޯސްތައް ބޭއްވުމުގެ މަގުސަދަކީ ދިވެހިބަހުގެ ހަމަތަކާއި ގަވާއިދުތައް ދަސްކޮށްދީ ދައުލަތުގެ މުވައްޒަފުންގެ ދިވެހިބަހުގެ ފެންވަރު މަތިކުރުމެވެ.  

މި ކޯހުގައި ކިޔަވައިދެއްވީ ދިވެހިބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް ޢަބްދުއްރަޙީމާއި، ދިވެހިބަހުގެ އުސްތާޛު ޢަބްދުއްޢަޒީޒު ޖަމާލު އަބޫބަކުރާއި ، އަލްފާޟިލް މުޙައްމަދު ނަޞީރެވެ.